ހުރުމަތެއް ނެތްނަމަ އެހެން މީހުން ތިމާޔާމެދު ކުރާ
ދުރުވުމޭ އަވަހަށް އޮތީ ކަންތައްތަކުން މީހާ ކުރާ
ސަބަބުތައް ނެތިއެއް އެހެން މީހުން ތިމާ ދުރުކޮށްނުލާ
ހަމަ ތެދެއް މިބުނީ އެހެން ނުހަދާ މިޔޮއްތަން ލާ ފުރާ
ހަމަ ތެދެއް މިބުނީ އެހެން ނުހަދާ މިޔޮއްތަން ލާ ފުރާ
ކޮންމެވެސް ގޮތަކުން ތިމާއަށް އޮންނަގޮތް އޮޅުވާލެވޭ
އެންމެވެސް ފަހަރެއް ހިނގައްޖައިމުން ލިބޭކަމަކުން ތުރާ
އެންމެވެސް ފަހަރެއް ހިނގައްޖައިމުން ލިބޭކަމަކުން ތުރާ
ބުނެއުޅޭ ގޮތަކާ ޚިލާފުވެގެން ޢަމަލުކޮށްފާ ވުމުން
ބުނެލަޔޭ ކޮންމެ މީހަކުވެސް ނުވާތީ ދާފަރާ
ބުނެލަޔޭ ކޮންމެ މީހަކުވެސް ނުވާތީ ދާފަރާ
ބަސްބަހީ ތެދުވެރި ކަމާއެކު ބުނަންވާ އެއްޗެކޭ
ގަސްދުގައި ނޫނެއްކަމަކު ކައްޗާވުމުން ބުވެދޭޚަރާ
ގަސްދުގައި ނޫނެއްކަމަކު ކައްޗާވުމުން ބުވެދޭޚަރާ
ޢަމަލުގައި ތެދުވެރި ކަމެއް ނެތްނަމަ ނުވާތީ މީހަކަށް
އަޒަލުގާ މީ ހުރިގޮތޭ ބުނުމުން ގަބޫލެއް ނެތެ ކުރާ
އަޒަލުގާ މީ ހުރިގޮތޭ ބުނުމުން ގަބޫލެއް ނެތެ ކުރާ
އުމުރުގާ ކުޅަޔަސް އެތައްގިނަ ހެޔޮކަމެއް ދޮގުބުނުމަކަށް
ރުހުމުގާ މީހަކުނެތޭ އެގޮތަށް ގަބޫލު ކަންކުރާ
ރުހުމުގާ މީހަކުނެތޭ އެގޮތަށް ގަބޫލު ކަންކުރާ
ރައްޓެހިންނާ އެކުވެރިންނާ ކޮށްއުޅޭ ހަރަކާތްތަކާ
ދަސްވެފާ އެއްޗެއް އޮތިއްޔާ ލާބަދޭދަތުރަށް ފުރާ
ދަސްވެފާ އެއްޗެއް އޮތިއްޔާ ލާބަދޭދަތުރަށް ފުރާ
ކޮއްކޮ މެންނޭ ދުނިޔެއެއް މިއަދަކު ލޮލެއް ނުމަރާލަޔޭ
ދައްކަމުންދާ ދަޅަތަކަށް ވިސްނާ ބަލާމެޔެ ލާދުރާ
ދައްކަމުންދާ ދަޅަތަކަށް ވިސްނާ ބަލާމެޔެ ލާދުރާ
ދަފުނުގާ ވެވުނަސް ތިމާޔަށް ހެޔޮބަހެއް ލިބުމެއް ނެތޭ
ނަފުސުގާ ނެތުމުން ކަމެއް ތެދުވެރި ކަމާ އެކުގާ ކުރާ
ނަފުސުގާ ނެތުމުން ކަމެއް ތެދުވެރި ކަމާ އެކުގާ ކުރާ
~O~ ޢަލީ މޫސާ ދީދީ ~O~
No comments:
Post a Comment