.:.:.:.:.:.:.:.:.:.:.:.:.
ފިސްވި ހިތަކާ ޗިސްވި މެޔަކާ އެކުލެވޭ ޖިސްމެއް މިއީ
އިޝްގަކުން ވީގޮތް ވެގެން ކަރުނަ އެޅި ދެލޮލެއް މިއީ
.:.:.:.:.:.:.:.:.:.:.:.:.:.
ކޮޅުފައިން ތިޔަ ޖެއްސެވީ އަޅުގަޑުގެ ނިކަމެތި ހިތުގަޔޭ
އޮޅުވަމުން ތިޔަ ގެންދެވީ ލޯބީގެ ރަން ގިރިޓީގައޭ
.:.:.:.:.:.:.:.:.:.:.:.:.:.
ނޭގުނޭ ދެން ވީގޮތެއް، ނިދުނީ ކަމެއް މަރުވީ ކަމެއް
ނޭގުނޭ ފެންނަންފެށީ މާޒީގެ ހިތްދަތި ހުވަފެނެއް
ހޭލެވިއްޖޭ ހުވަފެނުން، މި ހިތާ ފިތާ ކުދި ކުދި ވެގެން
އޭގެ ފަހުގައި ދެން މިވާހަކަ ނުލިޔުމީވެސް މޮޅުގޮތޭ
.:.:.:.:.:.:.:.:.:.:.:.:.:.:.
ޚަރީފުގެ ހޫނު ރޯޅީގައި ހަޔާތް ބަރުބާދު ވެވި ދަނިކޮށް
ބަހާރެއް ރީތި ދިރުވައިދިން ހަނދާން އާކޮށް މަދިރުވާނަން
ހަލަކާ ގެއްލުމާ ދުރުގައި ވަފާތެރި ޔާރަކަށް ވީމާ
ޖަލާ ހުރަގޭގަ ހުރެގެންވެސް ފަޒާ ރޯޝަން މަ ކޮށލާނަން
.:.:.:.:.:.:.:.:.:.:.:.:.:.:.
ދުރު ދުރުން އިޝްގުގެ ނިދާ ރޯ އަޑު އިވޭ އިންސާނަކަށް
ފުރުސަތެއްގައި ކުޑަ އަރާމެއްވެސް ލިބޭކަށް ނޯވެޔޭ
ފުރުސަތެއްގައި ކުޑަ އަރާމެއްވެސް ލިބޭކަށް ނޯވެޔޭ
.:.:.:.:.:.:.:.:.:.:.:.:.:.:.
2 comments:
wow this is really creative :) nice
Gee thanks dude, i kinda got this idea from one of the guys (V) in my link... He already had an entry in Dhivehi & I just couldnt help myself from doing something different :)
Post a Comment